ENGLISH

04 ފެބްރުއަރީ 2026

Advertisement

ނިމާލްގެ ރައްދު އެމްޑީޕީއަށް؛ ތިޔަށް ކިޔާނީ ހިޔަންޏަށް މުޑިނެގުން!

04 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް. ފޮޓޯ؛އެލްޖީއޭ

މާލޭގެ މޭޔަރުކަމުގެ ދެ ވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތް ކުރައްވައި މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އެ މަގާމަށް ގެނައުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުޙައްމަދު ނިމާލް މަސައްކަތްޕުޅު ކުރައްވާ ކަމަށް ބުނާ ވާހަކަތައް ނިމާލް މިއަދު ދޮގުކުރައްވައިފި އެވެ.

އާޒިމްއާއި ނިމާލް ސަލާމްކުރައްވާ ފޮޓޯއަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދޫކުރައްވައި އާޒިމް މޭޔަރުކަމަށް ގެންނަން ނިމާލް މަސައްކަތް ކުރާކަމަށް ބުނެ އެމްޑީޕީގެ ކަންކަން ޕްރޮމޯޓްކުރާ ޓުވިޓާ އެކައުންޓަކުން މިއަދު ވަނީ ޓުވިޓެއް ކޮށްފައެވެ. 

އެކަން ސާފުކޮށްދެއްވައި، އަދި އެމްޑީޕީގެ ތުހުމަތުތައް ދޮގުކުރައްވައި ނިމާލް ކުރެއްވި ޕޯސްޓުގައި ވަނީ ދައުރުވަމުން އަންނަ ފޮޓޯއަކީ އިއްޔެ ކޮންގްރެސް ޕާޓީން ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގެ ތެރެއިން މަގުމަތިން އާޒިމްއާ ދިމާވެ ދެބޭފުޅުން ސަލާމްކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށް ވިދާޅުވެފަ އެވެ. 

އަދި މިވާހަކަ ފަތުރަނީ މި ފޮޓޯގަނޑުގެ ބޭރުފުށަށް ބަލައިގެން، ކޮންސްޕިރެސީ ތިއަރީއެއް އަމިއްލަ ހިޔާލަށް ގެނެސްގެން، ފިތުނަ އުފެއްދުމުގެ ނިޔަތުގައިކަމަށް ވާނަމަ އެކަން ނުކުރުމަށް ވެސް ނިމާލު ވަނި ގޮވާލައްވާފައެވެ. 

ނިމާލް ވިދާޅުވީ މި އަމަލަށް ކިޔާނީ ހިޔަންޏަށް މުޑިނެގުން ކަމަށެވެ. 

"މި ޕޯސްޓަށް އަޅުގަނޑު ބުނާނީ މިއީ ހިޔަންނަށް މުޑި ނެގުމޭ. އަވާމެންދުރެއް ބަލައިގެން ހުވަފެނެއްގެ ތެރޭގައި ހުރުމޭ." - ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލް

2023 ވަނަ އަހަރު ރައީސް މުއިއްޒާއެކު ކުރިއަށްދާން ނިންމީ އެމަނިކުފާނަކީ އެންމެ ރަނގަޅު ޗޮއިސް ކަމަށް ދެކިގެން ކަމަށާއި އަދި ގައުމުގެ މުސްތަގުބަލަށް ވިސްނާއިރު އަދިވެސް އެންމެ ރަނގަޅު ޗޮއިސްއަކީ ރައީސް މުއިއްޒު ކަމަށް ނިމާލް ވިދާޅުވި އެވެ. 

އެހެންކަމުން 2028 ގައި ވެސް ކުރިއަށް ދަނީ ރައީސް މުއިއްޒާ އެކުގައި ކަމަށް ނިމާލް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު