ENGLISH

04 ފެބްރުއަރީ 2026

Advertisement

ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ރޯދައިގެ ކުރީން ހައްލު ކުރަނީ

04 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ސަލްމާން މިސްކިތުގެ އޭސީ ނިޒާމު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަނީ --

ކިންގް ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވި ގޮތުގައި ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އާއި އެ ވުޒާރާ ގުޅިގެން ވަނީ ފަށާފަ އެވެ.

އަދި ވިދާޅުވީ އަމާޒަކީ ރޯދަ މަހުގެ ކުރިން ހައްލުކުރުން ކަމަށެވެ.

ވަޒީރު ވަނީ 2025 ވަނަ އަހަރުވެސް އޭސީ ނިޒާމު މައްސަލަޖެހިގެން ހައްލުތަކެއް ގެނައި ކަން ފާހަގަ ކުރައްވާފަ އެވެ.

"ނަމަވެސް އެކަން ދެމިގެނެއް ނުދިޔަ އަޅުގަނޑުމެން މަސައްކަތްކުރަމުންދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކުރަން," ވަޒީރު ވިދާޅުވި އެވެ.

ސަލްމާން މިސްކިތުގެ އޭސީ ނިޒާމަކީ ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަން ޖެހޭ ޒަމާނީ ނިޒާމެކެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ މިސްކިތް ބެލެހެއްޓުން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދިއުމުން އޭސީ ނިޒާމަށް މައްސަލަތައް ކުރިމަތިވި އެވެ.

ކިޔުންތެރިންގެ ހިޔާލު