ENGLISH
04 ފެބްރުއަރީ 2026
ކެންސަރު ބަލީގެ މީހުންނަށް އޯގާތެރިކަމާއެކު އެހީތެރިވެދޭން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލައްވައިފި
04 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިވެންޓެއްގައި ބައިވެރިވެވަޑައިގަަންނަވަނީ --
އެންމެ މަޤްބޫލު
ކެންސަރު ބަލީގެ މީހުންނަށް އޯގާތެރިކަމާއެކު އެހީތެރިވެދިނުމަށް ދިވެހި މުޖްތަމަޢުއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފި އެވެ.
ދުނިޔޭގެ ކެންސަރު ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ކެންސަރު ބަލީގެ މީހުންނާއި އެ ބަލީން ރަނގަޅުވެފައިވާ މީހުންނަށް މުޅި މުޖްތަމަޢުގެ އެހީތެރިކަމާއި އޯގާތެރިކަން ބޭނުންވާކަން ފާހަގަ ކުރައްވާފަ އެވެ.
ކެންސަރު ބައްޔަކީ ވޭނީ އެހާމެ ނުރައްކާތެރި ބައްޔެއްކަން ފާހަގަ ކުރައްވާ އެ ބަލީގައި އެކި މީހުންނަށް ކުރަން ޖެހޭ ތަޖުރިބާ ތަފާތުކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން ކެންސަރު ބަލީގެ ކޮންމެ މީހަކާމެދު އޯގާތެރިކަމާއި ކެތްތެރިކަމާއެކު އެހީތެރިވެ ދިނުމަށް އެދިވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ވެސް ވަނީ ކެންސަރު ބައްޔަށް ހޭލުންތެރި ކުރުވުމުގެ މުހިންމު ކަން ފާހަގަ ކުރައްވާފަ އެެވެ. އެގޮތުން ވިދާޅުވީ ކެންސަރާއި މެދު އާންމުން ހޭލުންތެރިވެ އަދި މުޖްތަމައު އެކީގައި މަަސައްކަތް ކުރެވޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުން މުހިންމު ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން 2017 ވަނަ އަހަރު ފެށިގެން މިއަދާ ހަމަޔަށް، ގާތްގަނޑަކަށް 1900 މީހުން ކެންސަރު ބަލީގެ މީހުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 1900 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ.
ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ 57 އިންސައްތަ އެވެ. ފިރިހެނުންގެ ނިސްބަތަކީ 43 އިންސައްތަ އެވެ.