ENGLISH

03 ފެބްރުއަރީ 2026

Advertisement

ރޯދައަށް ފޭސް ދޭއްގައި ހެދި މާރުކޭޓްގެ ގޮޅިތަކަށް އެދެން ހުޅުވާލައިފި

03 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ރޯދައަށް ފޭސް ދޭއްގައި ހެދި މާރުކޭޓްގެ ގޮޅިތަކަށް އެދެން ވަނީ ހުޅުވާލާފައި --

ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރަން މިއަދު ހުޅުވާލައިފި އެވެ.

މިއީ، ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީ ކުރައްގީ ކުރި މާރުކޭޓެކެވެ. 

މި މާރުކޭޓުން ގޮޅި ދޫކުރާނީ ހިލޭ، އެއްވެސް ކުއްޔެ ނެގުމަކާ ނުލަ އެވެ. މި ގޮޅިތަކުގައި ވިއްކޭނީ، މަހުގެ ބާވަތްތަކާއި، މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތަކެވެ. 

އެގޮތުން، ގޮޅިއަށް އެދި ހުށަހަޅާ ފޯމު މިހާރު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. ފޯމު ބަލައިގަތުމާއި ގުރުއަތުނެގުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 3:30 ގައި އެޗްޑީސީގެ ކަސްޓަމަރ ކެއާ އޮފީސް (ސެންޓްރޯ މޯލް) ގަ އެވެ. 

ހުޅުމާލޭ ފޭސް ދޭއް ގައި ދިރިއުޅޭ މީހުންނަށް ފަސޭހަވާ ގޮތަށް، އެ މާރުކޭޓު ގާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގަ އެވެ.  

އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު