ENGLISH
03 ފެބްރުއަރީ 2026
އައްޑޫ ސިޓީ ލިންކް ރޯޑުގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ސާވޭއެއް
03 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
އައްޑޫ ސިޓީ ލިންކް ރޯޑުގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ކުރަން ޖެހޭ ސާވޭގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން އައްޑޫ ސިޓީ ލިންކް ރޯޑުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފެން ހިންދާ ނިޒާމު އަދާހަމަކުރުމުގެ މަސައްކަތްތައް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ނިމިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 1440 ދުވަހުގެ ތެރޭގައި ނިންމާ ގޮަތަށް، 829.7 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއެކު، 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފަައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އަޅާނެ އެވެ. އަދި ސ. ފޭދޫގައި ފެން ހިންދުމުގެ ނިޒާމުވެސް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން، ލިންކު ރޯޑުގެ ޖުމްލަ 12.3 ކިލޯމީޓަރު ސަރަހައްދުގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ލިންކް ރޯޑު އަލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއެކު، ސީޓީބީ މަގުތަކުގައި ގައު އަތުރައިގެން ނުވަތަ ތާރު އަޅައިގެން މަގު ހަދާނެ އެވެ. އަދި މަގުތަކުގައި ދުވާރުތައް ތަރައްގީކޮށް ފެން ހިންދާ ނިޒާމު ގާއިމުކޮށް، ރޯޑް މާކިންގ އަދި ސައިން ބޯޑު ހަރުކުރާނެ އެވެ.