ENGLISH

05 ފެބްރުއަރީ 2026

Advertisement

ގއ. ވިލިނގިލީ ބަނދަރުގެ މަސައްކަތުގެ 63 އިންސައްތަ ނިންމައިފި

03 ފެބްރުއަރީ 2026

|

ސުވެއިދާ ހުސެއިން

ގއ. ވިލިނގިލީ ބަނދަރު ތަރައްގީ ކުރުން --

ގއ. ވިލިނގިލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފޭސް  3 ގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށް ގެންގޮސް، މިހާރު މަސައްކަތުގެ 63 އިންސައްތަ ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން (އެމްޓީސީސީ) އިން ބުނެފި އެވެ.

ވިލިނގިލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން ފޭސް 3 ގެ މަސައްކަތްތައް  އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މީގެ ތިން އަހަރު ކުރިން، ނޮވެންބަރު 28، 2022 ގައެވެ. އެހެން ނަމަވެސް އެމަސައްކަތް ނުނިމި ދިގުލައިގެން ދިއުން ނިމުމަކަށް ގެނަވުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު، މަޝްރޫޢުގެ 63 އިންސައްތަ ނިންމާލެވިފައިވާކަމަށް އެމްޓީސީސީ ވަނީ ބުނެފަ އެވެ.

މި މަޝްރޫއު ތެރެއިން  މިހާތަނަށް ޝޯ ޕްރޮޓެކްޝަން ހިލަ 993 މީޓަރ ޖަހާފަ އެވެ. އަދި ހާބަރ ޕެއިވިން 7413 ސްކޮޔަރ މީޓަރު ނިންމާފައެވެ. މިހާރު ކުރަމުން އަންނަނީ ވޯލް ބޮލޮކް އިންސްޓޮލޭޝަންގެ މަސައްކަތާއި، ކެޕިން ބީމް ގެ މަސައްކަތްތަކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުފުޅަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިނެވުމުގެ ކުރީގެ ސަރުކާރުތަކުން ވެސް ރަށްރަށުގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމެވެ. 

ކިޔުންތެރިންގެ ހިޔާލު