ENGLISH

05 ޖުލައި 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ އއ. ރަސްދޫއަށް ވަޑައިގެންފި

08 ޑިސެމްބަރު 2024

|

އެމް އެމް

ރައީސުލްޖުމްހޫރިއްޔާ ރަސްދޫގެ ބައެއް ރައްޔިތުންނާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ރަސްދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އއ އަދި މާލެ އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މާލެ އަތޮޅުގެ 3 ރަށަކަށާއި އއ. އަތޮޅުގެ 3 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ އއ. ތޮއްޑޫ އަށެވެ. ރަސްދުއަށް ވަޑައިގެން އެރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ އިތުރުން އުކުޅަހު ކައުންސިލާ އެމަނިކުފާނު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްދޫއަށްފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ އެ އަތޮޅު މަތިވެރިއަށެވެ.

އަދި މަތިވެރި ކައުންސިލްގެ އިތުރުން ހިމަންދު އާއި މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލު ކުރައްވާނެއެވެ.

ރައީސްގެ މިދަތުރުފުޅުގައި މާދަމާ ކ. އަތޮޅުން ވަޑައިގަންނަވާނީ ގާފަރާއި ހުރާ އަދި ހިންމަފުއްޓަށެވެ. އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު