ENGLISH

03 ފެބްރުއަރީ 2026

Advertisement

މިލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތްް ހުޅުވައިފި

03 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމު މިލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަނީ، ފޮޓޯ: ހެލްތު މިނިސްޓްރީ

ށ.މިލަދޫގައި މި ސަރުކާރުން ގާއިމުކުރި އެ ރަށުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތް ސިއްހަތާ ބެހޭ ވަޒީރު އަބްްދުުﷲ ނާޒިމު ހުޅުވައިދެއްވަައިފިއެވެ. 

އަތޮޅު ތެރޭގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަަތްތަކުގެ ތެރެއިން ނ.މިލަދޫގައި ގާއިމުކުރި ސިއްހީ މަރުކަޒު ސިއްހަތާ ބެހޭ ވަޒީރު ނާޒިމު ހުޅުވައިދެއްވީ އެ އަތޮޅުގެ ރަށްރަށަށްް އޭނާ ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. 

މިލަދޫ ސިއްހީ މަރުކަޒު ހުޅުވައިދެއްވުމުގެ އިތުރަށް އެ ރަށާއި ނ.މާޅެންދޫގައި އަލަށް ފެށި ލެބޯޓަރީގެ ހިދުމަތްވެސް ނާޒިމުވަނީ އިފުތިތާހުކޮށްދެއްވާފަައެވެ. 

ސިއްހީ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ނާޒިމު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް އެދެމުން އައި އެއްކަމަކީ ކޮންމެ ރަށެއްގައިވެސް ލެބޯޓަރީ ހިދުމަތް ގާއިމުކުރުމެވެ. 

ނާޒިމު ވިދާޅުވި ގޮތުގައި ރައްޔިތުން އެދޭ ގޮތަށް ސިއްހީ މަރުކަޒުތަކުގައި ލެބޯޓަރީ ހިދުމަތް ގާއިމުކޮށް، އެ ހިދުމަތް ހުރިހާ ރަށަކަށް ފުޅާކުރުމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ނިޔަލަަށް ނިންމެވުމަކީ ރައީސްގެ އަމާޒެކެވެ. އެމަނިކުފާނު ކަނޑައެޅުއްވި އެ އަމާޒަށް ވާސިލުވުމަށް ސިއްހީ ދާއިރާގެ އެންމެހައި ފަރާތްތައް ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. 

"މިރަށުގެ ޞިއްޙީ މަރުކަޒަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ ދަތިކަން، އަދި ހަމަ ލެބޯޓްރީގެ ޚިދުމަތްވެސް އެކަށީގެންވާގޮތުގައި ނެތުމުގެ މައްސަލަ އޮތް. އެހެންކަމުން ރަށްރަށަށް ރައީސް ވަޑައިގަތުމުން އެންމެ ބޮޑަށް އަންނަ ރިކުއެސްޓަކީ ލްބޯޓްރީގެ ޝަކުވާ. އެހެންކަމުން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެޚިދުމަތް ޤާއިމުކުރުމަށްދަނީ މަސައްކަތްކުރަމުން.،" ނާޒިމު ވިދާޅުވިއެވެ. 

މިލަދޫ ސިއްހީ މަރުކަޒަށް 18 އަހަރުވީއިރު، ރަށުގެ އާބާދީއަށާއި ރައްޔިތުންގެ ބޭނުންތަކަށް އައި ބަދަލުތަކާ އެކަށޭނެ ގޮތެއްގައި އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކުރެވިފައި ނެތުމުގެ ސަބަބުން ޖާގައިގެ ދަތިކަން އޮތީ އިންތިހާއަށް ކުރިމަތިވެފައެވެ. 

އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރި މަސައްކަތުން އެ ރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތާއެކު ބަލި ޖެހުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށް ނުވަތަ ޕްރިވެންޓޭޓިވް ކެއާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފުޅާކުރުމަށް މަގުފަހިވާނެ ކަމުގައި ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު