ENGLISH
02 ފެބްރުއަރީ 2026
ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒުކުރުމާ ގުޅޭގޮތުން އެންޑީއެމްއޭއާ ސިޓީސް މިނިސްޓްރީ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
02 ފެބްރުއަރީ 2026
|
އެންޑީއެމްއޭއާ ސިޓީސް މިނިސްޓްރީ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން. --ފޮޓޯ: މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
އެންމެ މަޤްބޫލު
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުއުމިނާ ވަޙީދެވެ. އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކިޓިވް ހިސާން ޙަސަންއެވެ.
މިއީ ސިޓީސް މިނިސްޓްރީއާ، އެންޑީއެމްއޭއާ ދެމެދު 2025 ޑިސެންބަރު 10 ވަނަ ދުވަހު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ފަދައިން، އެންޑީއެމްއޭއިން ކުރިއަށްގެންދާ ޔުނެސްކޯ-އައިއޯސީގެ ސުނާމީ ރެޑީ ޕްރޮގްރާމް ތަންފީޒުކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ސޮއިކުރެވުނު ފަހުމުނާމާއެކެވެ.
މި ފަހުމުނާމާގައިވާ ގޮތުން ސިޓީތަކާއި، އަތޮޅުތަކުގައި ރަށު ފެންވަރުގައި ހިންގާ ވޯކްޝޮޕްތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި، ކޮމިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމްތަކުގެ ތަމްރީނާއި، ޓީމްތައް އެކުލަވައިލުމުގެ މަސައްކަތްތަކުގައި މިނިސްޓްރީގެ އެއްބާރުލުމާއި، އެހީތެރިކަން ދޭގޮތަށް ހަމަޖެހިފައި ވެއެވެ.
މީގެއިތުރުން، މި ފަހުމުނާމާގައި ހިމެނޭ ކަންކަން ވިލަރެސްކުރުމަށް ޓަކައި ދެ މުއައްސަސާސިން ވެސް ފޯކަލް ޕޮއިންޓެއް ކަނޑައަޅައި ގޮތަށް ވަނީ ހަމަޖެހިފައެވެ.