ENGLISH

02 ފެބްރުއަރީ 2026

Advertisement

އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް

02 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެ ކުންފުނިން ނިންމައި، އެ ކެމްޕޭން ވަނީ ރަސްމީކޮށް ރޭ އިފްތިތާހުކޮށްފައެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެޗްޑީސީގެ ރިހިޔޫބިލަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލޯގޯ އާއި ޝިއާރު ވަނީ ދައްކާލާފައެވެ.

މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ކަނޑުން ރިހިއައްސޭރިއަށް" މިއެވެ. މިއީ ފަޅު ކަނޑެއްގެ ގޮތުގައި އޮތް ސަރަހައްދެއް ހިއްކައިގެން، ޒަމާނީ ސިޓީއެއް ބިނާކުރުމަށް ކުރެވުނު ދިގު ދަތުރު ރަމްޒުކޮށްދޭ ޝިއާރެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު ވިދާޅުވީ، ރާއްޖޭގައި ސިޓީއެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެޗްޑީސީން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށެވެ.

ރަސްމިއްޔާތުގެ ތެރެއިން އެޗްޑީސީގެ ވޭތުވެދިޔަ ތާރީޚާއި، ހުޅުމާލެ ތަރައްގީވަމުން އައި ތަފާތު މަރުހަލާތައް ދައްކުވައިދޭ ޚާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދައްކާލާފައެވެ.

އެޗްޑީސީން ބުނީ، ރިހި ޔޫބީލް އަހަރާ ގުޅިގެން މިއަހަރުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައިވާ ކަމަށާއި، މީގެ ތެރޭގައި އާންމުންނަށް ބައިވެރިވެވޭނެ އިޖުތިމާއީ އަދި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިމެނެއެވެ.

ރިހި ޔޫބީލް ފަހާގަކުރުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވުމާއި، އޭގެ އަޕްޑޭޓްތައް ވެސް އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޭޖުގެ ޛަރިއްޔާއިން ބަލައިލެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު