ENGLISH
21 މޭ 2026
މާލެ ސަރަޙައްދުގައި އީދު ނަމާދު ކުރާނީ ހަތަރު ސަރަހައްދެއްގައި އަދި 25 މިސްކިތެއްގައި
21 މޭ 2026
|
އެންމެ މަޤްބޫލު
މިއަހަރުގެ އަޟްހާ އީދު ނަމާދުވެސް މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާނެ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަނތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ވަނީ މީގެ އިތުރުން 25 މިސްކިތެއްގައިވެސް އީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސާފައެވެ.
މާލޭ ސަރަހައްދުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އީދު ނަމާދުކުރުމަށް ހަމަޖައްސާފައިވަނީ، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ.
މޫސުން ގޯސްވެ ވިއްސާރައިގެ ސަބަބުން މައިދާންތަކުގައި ނަމާދުކުރުން ކެންސަލްވެއްޖެނަމަ، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް އީދު ނަމާދުކުރެއެވެ.
ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ.
މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ.