ENGLISH
21 މޭ 2026
ޓައިވާނަކީ ޗައިނާގެ ސަރަޙައްދުން ވަކިނުކުރެވޭނެ ބައެއް: ޚާރިޖީ ވުޒާރާ
21 މޭ 2026
|
ޚާރިޖީ ވުޒާރާ. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އެންމެ މަޤްބޫލު
ޓައިވާނަކީ ޗައިނާގެ ސަރަޙައްދުގެ ވަކިނުކުރެވޭނެ ބައެއްކަން ރާއްޖޭން ޤަބޫލުކުރާކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު އާއްމުކުރި ނޫސްބަޔާނުގައި ބުނީ "ވަން ޗައިނާ ޕްރިންސިޕަލް" އަށް ތާއީދުކުރާ ކަމަށާއި، އެގޮތުން ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެޤައުމުގެ ބައެއްކަން ރާއްޖޭން ޤަބޫލުކުރާ ކަމަށެވެ.
ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ޗައިނާއާއެކު ސިޔާސީ ގުޅުން ގާއިމުކުރި ފަހުން ދިވެހިރާއްޖެއިން ގެންގުޅެމުންދާ ދެމެހެއްޓެނިވި ސިޔާސަތާ އެއްގޮތަށް، އދ. ގެ ޖެނެރަލް އެސެމްބްލީގެ ގަރާރު 2758 އާއި ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓައިވާނަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރަހައްދުގެ ވަކިނުކުރެވޭނެ ބައެއް ކަމަށް ރާއްޖެއިން ގަބޫލުކުރާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމަށް ރަސްމީކޮށް ގަބޫލުކުރާކަން ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ޗައިނާއާއެކު އޮތް ޒަމާންވީ ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ޗައިނާއިން ފޯރުކޮށްދެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަން ދިވެހިރާއްޖެއިން ނުހަނު ބަލައިގަންނަ ދަނޑިވަޅެއްގައި، ސުލްހަމަސަލަސްކަމާއި، ހަމަޖެހުމާއި، އަދި ދެފަރާތަށް ފައިދާހުރި ގޮތެއްގައި ގުޅުން އިތުރަށް ފުންކުރުމަށް ރާއްޖެއިން އުންމީދުކުރާކަން ބަޔާން ނިންމާލަމުން ވަނީ ބުނެފައެވެ.