ENGLISH
03 ފެބްރުއަރީ 2026
މަނަދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް
02 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ނ. މަނަދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިހާރު މަސައްކަތް ކުރަނީ، އޮފީސް ބްލޮކްގެ ދެވަނަ ފަންގިފިލާގެ ސްލެބްގައި ދަގަނޑު އެތުރުމަށް ވާންޖެހޭ ތައްޔާރީތަކާއި، ސާފުކުރުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މަނަދޫގައި ގާއިމްކުރާ ފުލުހުންގެ އިމާރާތާއެކު، ރައްޔިތުންނަށް އިތުރު އަމާންކަމާއި ރައްކާތެރިކަން ގެނެސްދިނުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތަށް ފަސޭހަވެގެންދާނެއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ގާނޫނާއި ގަވާއިދަށް ދިވެހިން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފުލުހުން ދެމުން އަންނަ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ސަރުކާރުންނާއި، ފުލުހުންގެ ވުޒާރާއިން އަންނަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.