ENGLISH
03 ފެބްރުއަރީ 2026
އެމްއޭސީއެލްގެ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް
02 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަށް، މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް، އެކުންފުނިން ބުނެފިއެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނާއި، އެއާޕޯޓުގައި މަސައްކަތްކުރާ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ބައިވެރިވެވެވޭގޮތަށް ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމަށް މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައި ވާއިރު، މިއީ، އެމްއޭސީއެލް ގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދެވުނު ހަރަކާތެއްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނީ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށްގެންދެވުނު މި ކޭމްޕުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވުމާއި މީގެ އިތުރުން ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުން ކަމަށެވެ.
ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތް އެމްއޭސީއެލް އިން ކުރިއަށް ގެންދެއެވެ.
އެމްއޭސީއެލްއިން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިޔައިރު، ދާދިފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެވެ.