ENGLISH

02 ފެބްރުއަރީ 2026

Advertisement

އިންތިޚާބަކާ ނުލައި ބާރަށާއި އުތީމު ކައުންސިލް ރައީސްގެ ގޮނޑި ވެސް ޕީއެންސީއަށް ލިބިއްޖެ

02 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ޕީއެންސީއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން. ހަތަރު ރަށެއްގެ ކައުންސިލް ރައީސްކަން ޕީއެންސީއަށް ވަނީ ލިބިފަ. ފޮޓޯ: ޕީއެންސީ

އިންތިޚާބެއް ބާއްވަން ނުޖެހި ހއ. ބާރަށާއި އުތީމު ކައުންސިލް ރައީސްގެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އަށް ލިބިއްޖެ އެވެ. 

ހއ. އަތޮޅުގެ ދެ ރަށުގެ ރައީސްކަން ޕީއެންސީއަށް ލިބުނުކަން އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

ޝުޖާޢުގެ ޕޯސްޓުގައި ވާގޮތުން، ބާރަށު ކައުންސިލްގެ ރައީސްކަން ލިބިފައިވަނީ ޢަލީ ޝަމީމް (އަލިބެ) އަށެވެ. އުތީމު ކައުންސިލްގެ ރައީސްކަން ކަށަވަރުވެފައިވަނީ ޢަބްދުﷲ ރަޝީދު އަށެވެ. 

މި ރަށްތަކުގެ ކައުންސިލް ރައީސްކަމުގެ ގޮނޑި ކަށަވަރުވީ އިތުރު ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީއެވެ. 

ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ބާރަށާއި އުތީމު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ބޭފުޅުންގެ ދައުރުގައި އެރަށްތަކުގެ ރައްޔިތުން ތަރައްޤީގެ އައު އުސްމިންތަކެއް ހާސިލްކުރާނެކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ. 

ބާރަށާއި އުތީމު ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް ކަށަވަރުވިއިރު، ރޭ ވަނީ އދ. ދިއްދޫ އާއި މަންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ޕީއެންސީއަށް ކަށަވަރުވެފަ އެވެ. އެހެންކަމުން، އިންތިޚާބަކާ ނުލައި ހަތަރު ރަށެއްގެ ކައުންސިލް ރައީސްކަން ޕީއެންސީ އަށް މިހާރު ވެސް ވަނީ ކަށަވަރުވެފަ އެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަވީރަށް ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުންގެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފައެވެ. 

އީސީއިން ބުނީ އިންތިޚާބުގައި ވާދަކުރުމަށް 3،547 މީހަކު ހުށަހެޅި ކަމަށެވެ. އެއީ ކައުންސިލް އިންތިޚާބަށް ހުށަހެޅި 1،936 މީހުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ހުށަހެޅި 1،611 މީހުންނެވެ. 

ހުށަހެޅި ފޯމުތަކުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިޚާބަށް ޝަރުތު ހަމަވީ 1،610 މީހުންނެވެ. އަދި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ޝަރުތު ހަމަވީ 1،383 މީހުންނެވެ. 

ކިޔުންތެރިންގެ ހިޔާލު