ENGLISH
02 ފެބްރުއަރީ 2026
ކައުންސިލް އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ވާދަކުރާނެ!
01 ފެބްރުއަރީ 2026
|
ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން. ފޮޓޯ؛އީސީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމުލަ 2،993 ކެންޑިޑޭޓުން ވާދަކުރާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު ހަވީރަށް ހަމަވެފައިވާއިރު ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށަހެޅި 1،936 ފޯމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރަން ހުށަހެޅިި 1،611 ފޯމެވެ. ކޮމިޝަނުން ބުނީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ހުރިހާ ފޯމެއްވެސް މިހާރު ޕްރޮސެސްކޮށް، ފޯމު ހުށަހެޅި ފަރާތްތަކަށް ޖަވާބު ދީފައިވާ ކަމަށެވެ. އެގޮތުން، ޖުމްލަ 2،993 މީހެއްގެ ކެންޑިޑެސީ ގަބޫލުކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ރަށްރަށުން ޖުމްލަ 1،610 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 1،383 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އިލެކްޝަންސް އިން އާއްމުކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން، މިއަހަރުގެ އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.