ENGLISH

02 ފެބްރުއަރީ 2026

Advertisement

ސަރުކާރު ޖަވާބުދާރީ ކުރަން ހަތަރު ވަނަ ބާރެއް އުފައްދާކަށް ނުޖެހޭނެ: ފަލާހު

01 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ފަލާހު ޕީއެންސީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަނީ. .ފޮޓޯ؛ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުނުވެއްޖެ ނަމަ މި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލިގެންދާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ކޮންގްރެސް ޕާޓީގެ މެދުހެންވޭރު ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންތިހާބާ ދިމާކޮށް ދައްކަމުން އަންނަ ވާހަކަތައް ރައްޔިތުން ކަނުލާ އަހަންޖެހޭނެކަމަށާއި، އޭގެ ތެރެއިން ވެސް ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށޭ ބުނާ ވާހަކަތަކަށް ވިސްނަންޖެހޭ ކަމަށެވެ.

މި ވާހަކަތަކަށް އަލިއަޅުވާލައްވައި މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ތަފްސީލީ ގޮތެއްގައި މީގެ ކުރިން ވާހަކަފުޅު ދައްކަވާފައިވާކަމަށް ފަލާހު ވިދާޅުވިއެވެ.

ދައުލަތެއް އެކުލެވެނީ މައި ތިން ބާރުގެ މައްޗަށްކަން ފާހަގަކުރައްވައި ވެރިކަމުގެ ބާރާއި، ގާނޫނު ހަދާ ބާރާއި، އަދުލު އިންސާފުގެ ބާރު ދައުލަތުގެ ތެރޭ ތަރުތީބުވެފައި އޮތީ އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ މައްޗަށްކަމަށް ފަލާހު ވިދާޅުވިއެވެ.

"2008 ވަނަ އަހަރު ފާސް ކުރެވުނު ގާނޫނު އަސާސީގެ ދަށުން ވެރިކަމުގެ ތިން ބާރު ވަކިކުރެވިފައި މިވަނި ވަރަށް ފުރިހަމައަށް. އޭގެ މާނައަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށޭ ބުނެ ހަތަރު ވަނަ ބާރެއް އުފައްދާކަށް ނުޖެހޭނެ." - ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު 

ފަލާހު ވަނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި އިދިކޮޅުން އުޅެނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓުވަން ކަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު