ENGLISH
02 ފެބްރުއަރީ 2026
2027 ގައި ކިޔަވަން ފަށާ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ހުޅުވާލައިފި
01 ފެބްރުއަރީ 2026
|
ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ؛ގައުމީ ޔުނިވަސިޓީ
2027 ވަނަ އަހަރު ކިޔަވަން ފަށާ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 30 އާ ހަމައަށް ވަނި ހުޅުވާލާފައެވެ.
މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓް، އެސްޓެބްލިޝްމަންޓް އެލަވަންސް، ސްޓައިޕެންޑް، ޓިއުޝަން ފީ، ލިވިން އެލަވަންސް އަދި ހެލްތް އިންޝުރެންސް ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސައި ދެއެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނީ، މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންކަމަށެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު ވުޒާރާގެ ވެބްސައިޓުންނާއި އޮސްޓްރޭލިއާ އެވޯޑް ވެބްސައިޓުން ވެސް ލިބޭނެއެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު މުހިންމެވެ.
ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން ވެސް މުހިންމު ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.