ENGLISH

02 ފެބްރުއަރީ 2026

Advertisement

ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ހިތުގެ ބަލިތަކަށް ފަރުވާދޭން ރަސްމީކޮށް ފަށައިފި

01 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން މިހާރު އަންނަނީ ހިތުގެ ބަލިތަކަށް ފަރުވާ ދެމުން. ފޮޓޯ؛ސިއްހަތާ ބެހޭ ވުޒާރާ

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފެށުމަށް ބޭނުންވާ ކާޑިއޮލޮޖިސްޓް ތިނަދުއަށް ގޮސްފައިވަނީ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ހޮސްޕިޓަލުން ރަސްމީކޮށް މި ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މި ވަގުތު އެ ހޮސްޕިޓަލުން ހިތުގެ ބަލިތަކަށް ޚާއްޞަ އޯޕީޑީ ފަރުވާއާއި، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ އިތުރުން 'އެކޯ' ހެދުމުގެ ޚިދުމަތް ދެމުން އަންނަކަމަށެވެ.

މީގެ އިތުރުން، ހިތުގެ ބަލިތަކާ ގުޅުންހުރި އިތުރު ޚިދުމަތްތައް ވަރަށް އަވަހަށް ހޮސްޕިޓަލުގައި ތަޢާރަފުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ސަރުކާރުން އަންނަނީ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އަތޮޅުތެރެއިން މީގެކުރިން ނުލިބޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދެއެވެ. 

ކިޔުންތެރިންގެ ހިޔާލު