ENGLISH

05 ފެބްރުއަރީ 2026

Advertisement

ޒަކާތުގެ ފައިސާ ބަލައިގަތުމަށް "ފިޠުރު ޕޯޓަލް" ތަޢާރަފްކޮށްފި

01 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ޒަކާތު ހައުސްއިން "ފިޠުރު ޕޯޓަލް" ތަޢާރަފްކުރުން-- ފޮޓޯ: މޯލްޑިވްސް ޒަކާތު ހައުސް

އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ޓަކައި "ފިޠުރު ޕޯޓަލް"ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން ތަޢާރަފުކޮށްފި އެވެ.

"ފިޠުރު ޕޯޓަލް" ތަޢާރުފުކުރުމުގެ މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުޞޫލަކުން ކުރިއަށް ގެންދިއުން ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފަ އެވެ.

މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ބަލައިލެވޭނެ އެވެ. އަދި މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ޞައްހަ ޖުމްލަ އަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެކަމަށް ޒާކާތު ހައުސްއިން ވަނީ މައުލޫމާތު ދީފައެެވެ.

އެއް ނިޒާމެއްގެ ދަށުން ހުރިހާ މައުލޫމާތެއް ބަލައިލުމުގެ ފުރުޞަތު ލިބުމުން، ރަމަޟާން މަސް ނިމޭއިރު ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮަތަށް، ފިތުރު ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެކަމަށް ޒަކާތު ހައުސްއިން ގަބޫލުކުރެ އެވެ.

ޒަކާތު ހައުސްއިން ބުނީ "ފިޠުރު ޕޯޓަލް" ގެ ސަބަބުން ރާއްޖޭގައި ޒަކާތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަވެ، ހަރުދަނާކަން އިތުރުކުރެވިގެން ދާނެ ކަމަށެވެ. އަދި މިއީ ޒަކާތުގެ ކަންތައްތައް ދެފުށް ފެންނަ ގޮތަކަށް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ. 

ރާއްޖޭގައި ޒަކާތު ހައުސް ޤާއިމުކުރުމަށްފަހު، ގިނަ ޚިދުމަތްތަކާއެކު ލުއިތައް އަންނަނީ ފޯރުކޮށްދެމުންނެވެ. ޒަކާތު ހައުސްގެ މަސައްކަތް ފުޅާކޮށް އިތުރު ކަންކަން ތަޢާރަފްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު