ENGLISH
01 ފެބްރުއަރީ 2026
އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
01 ފެބްރުއަރީ 2026
|
ތުހުމަތު އޮތް މީހާ
ކުޅުދުއްފުށި ސިޓީ އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ފައިންސް، ޙަސަން މޫސާ (33އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސުލިޕް ފޮނުވައިގެން 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ޙަސަން މޫސާ ނަގާފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިިފައިވާ ކަމަަށެވެ. އަދި އިތުރު ފިހާރައަކުން ވެސް ސައްހަ ނޫން ސުލިޕް ފޮނުވައިގެން އޭނާ ވިޔަފާރިކޮށްފައިވާނަމަ ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކުރުމަށް ވަނީ އެދިފަ އެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.