ENGLISH
01 ފެބްރުއަރީ 2026
މާވަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ކޮންކްރީޓު މަސައްކަތް ކުރިއަށް
01 ފެބްރުއަރީ 2026
|
ލ. މާވަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ -- ފޮޓޯ: އެމްޓީސީސީ
ލ. މާވަށުގައި ގާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޕްރޮޖެކްޓުގެ ތެރެއިން ކޮންކްރީޓު މަސައްކަތްތައް ފަށައިފިއެވެ.
މާވަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މަސައްކަތުގެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ސެންޓަރު ގާއިމްކުރުމުގެ މައިގަނޑު އެއް މަސައްކަތް ކަމުގައިވާ ކޮންކްރީޓު މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
މި މަސައްކަތުގެ ތެރެއިން އިންޑޯ ޖިމަކާއި އެރޮބިކްސް އާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 4.94 މިލިއަން ރުފިޔާއަށް 240 ދުވަހުގެތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.