ENGLISH
01 ފެބްރުއަރީ 2026
އެމްއޭސީއެލްއިން އަހަރީ ލޭ ހަދިޔާކުރުމުގެ ކޭމްޕް ފަށައިފި
01 ފެބްރުއަރީ 2026
|
އެމްއޭސީއެލް ލޭ ހަދިޔާކުރުމުގެ ކޭމްޕްގެ ތެރެއިން -- ފޮޓޯ: އެމްއޭސީއެލް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އާ ގުޅިގެން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ކޭމްޕެއް ފަށައިފިއެވެ.
ހުޅުލޭގައި ހުންނަ އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައި އިއްޔެއާއި މިއަދު ކުރިއަށްގެންދާ މި ކޭމްޕަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ކޭމްޕް ފައްޓަވައިދެއްވީ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދުއެވެ. މި ރަސްމިއްޔާތުގައި އެމްބީއެސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުންނާއި ސްޓޭކްހޯލްޑަރުންގެ ފަރާތުން ބައިވެރިވެފައިވެއެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ކޭމްޕް ކުރިއަށް ގެންދަނީ މުޅި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ހުޅުވާލައިގެންނެވެ. މީގެ ތެރޭގައި ވީއައިއޭގައި ހަރަކާތްތެރިވާ ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތައް ވެސް ހިމެނެއެވެ.
އެމްއޭސީއެލްއިން ބުނީ މި ކޭމްޕުގެ މައިގަނޑު މަގުސަދަކީ ލޭ ލިބުން ދަތިވެ، އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީއާއި ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުން ކަމަށެވެ.