ENGLISH

25 ޖެނުއަރީ 2026

Advertisement

ގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: ނާޒިމް

25 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް މިދިޔަ އަހަރު އެކަނިވެސް 41 ގައިޑްލައިން އެކުލަވާލާފައިވާ ކަމަށާއި، މި ގައިޑްލައިންތަކާއެކު ކޮންމެ ސަރަޙައްދެއްގައި ހުންނަ ބަލި މީހަކަށްވެސް އެއް ކޮލެޓީއެއްގައި ފަރުވާ ދެވޭކަން ކަށަވަރުވާނެ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"ތަރުޖަމާނާއިއެކު ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ވަޒީރު ވިދާޅުވީ، ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާއިރު ޞިއްޙީ ނިޒާމަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެ އިތުބާރު އުފެދިގެން އަންނަނީ އެކަމުގެ އެސްއޯޕީސްތައް ރަނގަޅަށް އެކުލަވާލައިގެން ކަމަށެވެ. އަދި ޞިއްޙީ ނިޒާމުގައި އަމަލުކުރަމުންދާ ސްޓޭންޑާރޑްސްތަކަކީ ދުނިޔެއިން ބަލައިގަނެފައިވާ ނިޒާމްތަކަށް ވާންޖެހޭ ކަމަށެށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ހަރުދަނާ ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއްކަމަކީ އަދިވެސް އިތުރަށް ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލާ މި ގައިޑްލައިންތަކަށް މީހުން އަހުލުވެރި ކުރުވުން ކަމަށެވެ. އަދި މި ގައިޑްލައިންތަކަށް ޑޮކްޓަރުން އަހުލުވެރި ކުރުވުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

""ވޭތުވެދިޔަ އަހަރު އެކަނިވެސް އަޅުގަނޑުމެން 41 ޓްރީޓްމަންޓް ގައިޑްލައިން އެކުލަވާލައިފިން. އަދި މިއަހަރުގެ ބަޖެޓުގައިވެސް އިތުރަށް ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުމާއި، އެއަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށްޓަކައި ބަޖެޓުގައި ވަނީ ހަމަޖެހިފައި. އެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން." " - ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް

ޓްރީޓްމަންޓް ގައިޑްލައިންތަކުގެ ސަބަބުން ނަތީޖާއަކަށް ވެގެންދާނީ، އާންމުކޮށް ރާއްޖޭގައި ހުރި ބަލިމަޑުކަމުގެ ކަންކަން އެންމެން ޤަބޫލުކުރާ ޓްރީޓްމަންޓް ގައިޑްލައިންއެއްގެ ދަށުން ކުރިޔަށް ދިއުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ދަށުން ކޮންމެ ސަރަޙައްދެއްގައި ހުންނަ ބަލި މީހަކަށްވެސް އެއް ގޮތަކަށް ފަރުވާ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން އެއް ކޮލެޓީއެއްގައި ފަރުވާ ދެވޭކަން ކަށަވަރު ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރު ޙަވާލުވެ، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރަން ބެލިއިރު އޮތް ގޮންޖެހުމަކީ އެކަމަށް ބޭނުންވާ އިމާރާތުގެ ދަތިކަން ކަމަށެވެ. މިކަމަށް ޙައްލެއް ގެނައުމަށް ޞިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށް އެކި މަރުހަލާތަކުގައި ފަސް ބިލިޔަން ރުފިޔާގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު