ENGLISH

25 ޖެނުއަރީ 2026

Advertisement

ސަރުކާރާ ދެކޮޅު މޭޔަރަކު އިންތިޚާބުކުރުމުން މާލޭގެ ތަރައްގީ އޮތީ މަޑުޖެހިފައި: ޝުޖާއު

25 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ސަރުކާރާ ދެކޮޅު މޭޔަރަކު މާލޭ ސިޓީ ކައުންސިލަށް އިންތިހާބުކުރުމުގެ ސަބަބުން ސަރުކާރާ ގުޅިގެން މާލެ ސަރަހައްދުގައި ހިނގަންޖެހޭ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން އިއްޔެ ހަވީރު ޕާޓީގެ މައި ޖަގަހައިގައި ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތުގައި "އެމްއެމް"ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު ވަނީ ކުރިއަށް އޮތް އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޭންވީ ސަބަބުތައް ބަޔާންކޮށް ދެއްވާފައެވެ.

ރައްޔިތުން އެދިގެން ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގައި ބައެއް ކައުންސިލްތަކުން ހުރަސް އަޅަމުން ގެންދާކަން ފާހަގަކުރައްވައި މެމްބަރު ވަނީ ސަރުކާރާ ދެކޮޅު މޭޔަރަކު އިންތިޚާބު ކުރުމުގެ ސަބަބުން މާލޭގެ ތަރައްޤީއަށް ހުރަސްއެޅިފައި އޮތްކަމަށް ވިދާޅުވެފައެވެ.

މެމްބަރު ވިދާޅުވީ، ސަރުކާރުން އެދޭ ތަރައްޤީ ބާރު ދުވެލީގައި ގެނެސްދެވޭނީ ސަރުކާރަށް އެއްބާރުލުންދޭ ކެންޑިޑޭޓުން އިންތިޚާބުކޮށްގެންކަމަށެވެ.

""މާލޭ ސިޓީ ކައުންސިލުގައި ސަރުކާރުގެ މެޖޯރިޓީއެއް އޮތް ނަމަވެސް ސަރުކާރާ ދެކޮޅު މޭޔަރަކު ހުރީމަ މި ވާގޮތަކީ ސަރުކާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ވަރަށް ބޮޑަށް މަޑުޖެހިފައިވާތަން މި ފެންނަނީ. ރާއްޖޭގެ ކޮންމެ ސިޓީއަކަށް، ކޮންމެ ރަށަކަށް ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލެއް ހޮވައިފިނަމަ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޮޑު ލުއި ފަސޭހައަކަށް ވެގެންދާނެ"." - ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު

ކުރިއަށް އޮތީ ތަރައްގީގެ އައު އުސްމިންތަކެއް ރައްޔިތުންނަށް ހޯދައިދޭން ސަރުކާރުން މަސައްކަތްކުރާނެ އަހަރެއްކަން ފާހަގަކުރައްވައި މެމްބަރު ވަނީ ތަރައްގީގެ މަޝްރޫއުތަކަށް މަޑުޖެހުމެއް ނައިސް ހަލުއިކޮށް ކުރިއަށް ގެންދިއުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ކައުންސިލްތަކުގެ މެޖޯރިޓީ ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު