ENGLISH

25 ޖެނުއަރީ 2026

Advertisement

އެއްފަހަރާ ގިނަ އެކައުންޓްތަކަށް ފައިސާ ފޮނުވޭނެ ޚިދުމަތް ބީއެމްއެލުން ތަޢާރަފްކޮށްފި

25 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފައިސާ ފޮނުވޭ "ބަލްކް ޕޭމަންޓް" ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

މި ޚިދުމަތް މެދުވެރިކޮށް މުސާރަ، އެލަވަންސް އަދި ޑިވިޑެންޑް ފަދަ ފައިސާ އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފޮނުވޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބޭންކުން ބުނީ ބަލްކް ޕޭމަންޓްގެ ޚިދުމަތަކީ ވިޔަފާރިތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް ފަރުމާކޮށްފައިވާ ޚިދުމަތެއްކަމަށެވެ.  މި ޚިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ދިވެހި ރުފިޔާ އަދި ޔޫއެސް ޑޮލަރުން، ބީއެމްއެލްގެ އެކައުންޓްތަކަށް އޮޓޮމޭޓެޑްކޮށް އެއްފަހަރާ ފައިސާ ފޮނުވޭނެކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

މި ޚިދުމަތާ ގުޅޭގޮތުން ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ ޑިޖިޓަލްކޮށް އެއްފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

""މީގެ ސަބަބުން ފައިސާ ފޮނުވުމުގެ ކަންކަން އަވަސްވެ، ރައްކާތެރިވެ، އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެ. މިއީ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، ފަސޭހަ އަދި ބޭނުންތެރި ހައްލުތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް"." - ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް 

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ އީޖާދީ އަދި ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި މުޖުތަމަޢުތައް ބާރުވެރި ކުރުވުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު