ENGLISH
24 ޖެނުއަރީ 2026
މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފަށައިފި
24 ޖެނުއަރީ 2026
|
ފޮޓޯ: އާސަން މިދިޔަ އަހަރު މެދުކަނޑާލި ހޮސްޕިޓަލް
ގިނަ ޢަދަދެއްގެ ދިވެހިން ޚިދުމަތް ހޯދަމުން އައި އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދައިގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މަނިޕާލް ހޮސްޕިޓަލަށް އާސަންދައިގެ ޚިދުމަތް މެދުކަނޑާލީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އެއީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުން، އެ އަގުތަށް ކުޑަކުރުމުގެ މަޝްވަރާކުރުމަށެވެ. އަދި އަލުން އާސަންދައިގެ ޚިދުމަތް އެ ހޮސްޕިޓަލަށް ދޭން ފަށާފައިމިވަނީ އަގުތަށް ކުޑަކުރުމުންނެވެ.
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ އަގުތައް ކުޑަ ކުރުމުގެ އިތުރުން އެއްބަސްވެވުނު ޚިދުމަތްތައް އަލުން އާސަންދާގެ ހިދުމަތުގެ ދަށުން ދިނުމަށް މަނިޕާލް ހޮސްޕިޓަލާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ކުރިން ވިދާޅުވެފައިވަނީ މަނިޕާލް ހޮސްޕިޓަލުން އާސަންދައިގެ ރޭޓަށްވުރެ އިތުރަށް ބޮޑު އަގު ނަގާ ކަމުގެ ޝަކުވާ އެކުންފުންޏަށް އޭރު ވަރަށް ގިނައިން ލިބިފައިވާކަމަށެވެ. އޭރު އާސަންދައިގެ ޚިދުމަތް މެދުކަނޑާލީ އަލަށް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންނަށެވެ.
ރާއްޖެއިން މިވަގުތު ލިބެން ނެތް ފަރުވާއަށް ދައުލަތުން ޚަރަދުކޮށްގެން ރާއްޖޭގެ ޤައުމީ އިންޝުއަރެންސް ނިޒާމުގެ ދަށުން އަންނަނީ ޚިދުމަތް ދެމުންނެވެ.
ސަރުކާރުން އަންނަނީ މީގެ ކުރިން ރާއްޖޭގައި ލިބެން ނެތް ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސިއްޙީ އައު ޚިދުމަތްތައް އަންނަނީ ރާއްޖެއަށް ތަޢާރަފްކުރަމުންނެވެ.