ENGLISH

02 ފެބްރުއަރީ 2026

Advertisement

ފިނޭ ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ މިހާރު ކުރިއަށްދަނީ ލިންޓަލް ބީމްތަކުގެ ކޮންކްރީޓް އަދި ސިމެންތި ޖެހުން

02 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

ހދ. ފިނޭ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ހދ. ފިނޭ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މި އިމާރާތުގެ ލިންޓަލް ބީމްތަކުގެ ކޮންކްރީޓް މަސައްކަތްތަކާއި، ސިމެންތި ޖެހުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، މިވަގުތު ކުރެވެމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި މި އިމާރާތުގެ ކަރަންޓުގެ މަސައްކަތްތައް ވެސް ހިމެނޭ ކަމަށެވެ.

ފުލުހުންގެ މަރުކަޒުގެ ތަނބުތައް ޖެހުމާއި ބީމް އެޅުމުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.

ފިނޭގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ފިނޭގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޚާއްސަ ރަސްމިޔާތެއްގަ އެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރު ތެރޭގައިވެސް މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައިވަނީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.     

ކިޔުންތެރިންގެ ހިޔާލު