ENGLISH

24 ޖެނުއަރީ 2026

Advertisement

ދ. މީދޫގައި ގެވެށި އަނިޔާގެ މައްސަލައެއް: ފުލުހުން މީހަކު ހައްޔަރުކުރުމުން އެއްވެއްޖެ

23 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ދ. މީދޫގައި، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އެއީ ގެވެށި އަނިޔާގެ މައްސަލައާއި، ކޯޓު އަމުރެއްގެ ދަށުން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނައުމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު