ENGLISH

23 ޖެނުއަރީ 2026

Advertisement

ސީޕްލޭން ދަތުރުތަކާއެކު ވެލިދޫގެ ފަތުރުވެރިކަމާއި ވިޔަފާރިއަށް ކުރިއެރުން ލިބޭނެ: ސައީދު

23 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: އެމްއެމްޓީވީ

ނ.ވެލިދޫއާއި މާލޭގެ މެދުގައި ސީޕްލޭން ދަތުރުތައް ފެށުމާ ގުޅިގެން އެ ރަށުގެ ފަތުރުވެރިކަމާއި ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމުގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ވެލިދޫއާއި މާލެއާ ދެމެދުގައި ސީޕްލޭން ދަތުރުތައް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ސައީދު ވިދާޅުވީ ވެލިދޫއަށް ސީޕްލޭން ހިދުމަތް ތައާރަފުކުރެވި ފެށިގެންދިޔައީ، ކަނޑު މަގުންނާއި ވައިގެ މަގުން ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްކަންދެއްވައިގެން ކުރަވއްމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ކަމަށެވެ. 

ރައީސް ވަރަށް ގާތުން ބައްލަވައިގެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދެވި މި މަސައްކަތުގެ ސަބަބުން ނ.ވެލިދޫ ރައްޔިތުންނާއި، އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މެހެމާނުންނަށް ވރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ސައީދު ވިދާޅުވިއެވެ. 

ހާއްސަކޮށް ސަރުކާރާ މޯލްޑިވިއަން ގުޅިގެން ޓިކެޓުގެ އަގުވެސް ވަރަށް ހެޔޮކޮށް އަތްފޯރާ ފަށުގައި ހިފަހައްޓާފައިވާތީ، އަދި މި ދަތުރުތަކުގައި ހޭދަވާ ވަގުތުވެސް ވަރަށް ބޮޑަށް ކުޑަވުމާއެކު ދަތުރުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައި ސައީދު ވިދާޅުވިއެވެ. 

""ފަތުރުވެރިކަން ކުރިއެރުވުމަށާއި ވިޔަފާރީގެ އެކިއެކި މުއާމަލާތްތައް ކުރިއަށްގެންދިއުމުގައި މިރަށުގައާއި ދާއިރާގައި އަދި މި ހިސާބުގެ ރަށްތަކުގައި ޚާއްސަގޮތެއްގައި ވަރަށް ބޮޑު ލުޔެއް މި ލިބުނީ.،" ސައީދު ވިދާޅުވިއެވެ. 

ވަޒީރު އިތުރަށް ފާހަގަކުރެއްވީ ކުރިއަށް އޮތީ ރަމަޟާން މަސް ކަމުގައިވާތީ، ރޯދަމަހުގައި ނ.އަތޮޅުގެ ރަށްތަކުގެ ނިސްބަތުން އެންމެ ގިނަ މުދާ ގެންނަ އެއް ރަށަށް ވެލިދޫވާނެތީއާއި، އެ ރަށަަކީ ސިނާއީ މަސްކަތްވެސްކުރާ ވިޔަފާރީގެ މުހިއްމު މަރުކަޒަކަށްވާތީ ސީޕްލޭން ދަތުރުތައް ފެށުމާއި އެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެވެ. 

ވެލިދޫއަށް ސީޕްލޭން ހިދުމަތް ތައާރަފުކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. ނިމުނު އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސްވަނީ ސީޕްލޭން ޕްލެޓްފޯމު ގާއިމުކޮށް މި އަހަރުގެ ޖަނަވަރީ މަހު އެ ރަށަށް ސީޕްލޭން ދަތުރުތައް ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. 

ވެލިދޫއާއި މާލެއާ ދޭތެރޭ ފަށާ ސީޕްލޭން ދަތުރުތަކުގައި ދިވެހިންނަށް ޓިކެޓު ވިއްކަނީ 999 ރުފިޔާއަށެވެ. އަދި ފަތުރުވެރިންނަށް ޓިކެޓު ވިއްކަނީ 93 ޑޮލަރަށެވެ. 

ކިޔުންތެރިންގެ ހިޔާލު