ENGLISH

23 ޖެނުއަރީ 2026

Advertisement

ބައު މުސްހަފުތައް ނައްތާލަން ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

23 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

މާލެ ސިޓީ ކައުންސިލް

މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބައުވެ ނުވަތަ ހަލާކުވެފައިވާ މުޞްޙަފް ތަކާއި ކީރިތި ޤުރުއާނުގެ އާޔަތް ތަކާއި ޙަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް ނައްތާލަން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ މާދަމައިން ފެށިގެން މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް ބައު މުސްހަފުތައް ބަލައިގަންނަމުން ގެންދާނެކަމަށެވެ. 

ތަކެތި ބަލައިގަންނަ ތަންތަން

މާލެ : ސިނަމާލެ 3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ )

ވިލިމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން

ހުޅުމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް

ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލައިގަންނާނީ، ގޭގެއިން ގެންނަ، ނައްތާލަން ބޭނުންވާ، ބައުވެ ނުވަތަ ހަލާކުވެފައިވާ ތަކެތި ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފު ކުރުމަށް، 7994565 އަށް ގުޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު