ENGLISH

23 ޖެނުއަރީ 2026

Advertisement

ވައުދާ އެއްގޮތަށް މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށް ނިމޭނެ: ނާޒިމް

23 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ވަޒީރު ނާޒިމް

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށް ނިމޭނެކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެެވެ.

ތަރުޖަމާނާއެކުގެ އެޕިޒޯޑް 6 ގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޑައިގްނޯސިސްގެ ވާހަކަ ނުދައްކައި ސިއްހީ ނިޒާމުގެ ވާހަކަ ނުދެއްކޭނެކަމަށާއި ވުމާއެކު ސަރުކާރުގެ ސިއްހީ ސިޔާސަތަކަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހެދީ އަތޮޅުތެރޭގައި ހުރި ކުދި އާބާދީތަކަށް ވެސް ލެބޯޓަރީގެ ހިދުމަތް ދިނުންކަމަށެވެ. 

އައު ސަރުކާރު ވެރިކަމާ ހަވާލުވީއިރު މި ހިދުމަތް ނުލިބޭ 76 ރަށެއް އޮތްކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. 

"" އެންމެ ފުރަތަމަ އަމާޒެއްކަމުގައި ހެއްދެވީ އެ 76 ރަށުގައި މިހާރު އެންމެ މުހިންމު އެއް ޓެކްނޮލޮޖީކަމަށްވާ ޕޮއިންޓް އޮފް ކެއާގެ އުސޫލުން ބޭސިކް ހުރިހާ ޓެސްޓެއް ހެދޭނެ އިންތިޒާމު ހަމަޖެއްސުން. އެކަން މި އެޑްމިނިސްޓްރޭޝަނުގެ ފުރަތަމަ އަހަރު ދުވަހު މި ހާސިލުކުރީ. ދެވަނަ އަމާޒަކަށް ހެއްދެވީ ކޮންމެ ރަށެއްގައި ފިޒިކަލް ލެބޯޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް ފެއްޓެވުން"." - ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހީމް

މިއަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ދިނުމަކީ ސަރުކާރުގެ މުހިންމު ވައުދަކަށްވާއިރު އަހަރު ނިމުމުގެ ކުރިން މިކަން ހާސިލްވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ލެބޯޓަރީތައް ގާއިމުވެގެންދާނީ އެތަންތަނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަކުރެވިގެންކަމަށް ނާޒިމް ވިދާޅުވިއެވެ. 

މި މަހުގެ ތެރޭގައި ހަތަރު ރަށެއްގެ ލެބޯޓަރީ ހުޅުވާފައިވާއިރު ކުރިއަށް ވެސް އެކި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ލެބޯޓަރީތައް ހުޅުވުމުގެ ރަސްމިއްޔާތުތައް ރާވާލެވިފައި ވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަަސާސީ ހުރިހާ ޓެސްޓެއް ހެދޭ ގޮތަށް ހުރިހާ ރަށެއްގައި ލެބޯޓަރީ ހިދުމަތް ގާއިމުކުރުގެ މަސައްކަތް މި އަހަރަށް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފާފައި ވާއިރު ލެބޯޓަރީ ހިދުމަތް ނެތް ގިނަ ރަށްތަކެއްގައި އެ ހިދުމަތް ގާއިމުކުރުމަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް އިތުރުކުރަންޖެހޭ ޖާގަ އިތުރުކުރުމާއި ފޯރުކޮށްދޭންޖެހޭ އިކުއިޕްމެންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުއި ދުވެލީގައި އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު