ENGLISH

23 ޖެނުއަރީ 2026

Advertisement

އެފްޑީސީގެ އަމާން ދޯދީގެ އެއްވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް

23 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އަމާން ދޯދީގެ އެއްވަނަ ޓަވަރުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ// ފޮޓޯ: ވޮއިސް

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ)އިން ތަރައްގީކުރަމުންދާ "އަމާން ދޯދީ" ގެ އެއްވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެފްޑީސީން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަމާން ދޯދި އެކެއްގައި ހިނގި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ، އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެ ކޯޕަރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. 

އެފްޑީސީން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މިހާރު މަސައްކަތްކުރަމުން އަންނަކަމަށެވެ. 

ހާދިސާއާ ގުޅިގެން ބައެއް ޕްލެޓްފޯމްތަކުގައި އިމާރާތުގެ ވެންޓިލޭޝަނާ ގުޅިގެންނާއި އަދި ކުނި އުކާލުމާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން އަންނަކަމަށާއި ވުމާއެކު ކަމުގެ ހަގީގަތް ނޭނގި ތިބެ މިފަދަ ވާހަކަތައް ނުފެތުރުމަށް އެފްޑީސީންވަނީ އިލްތިމާސްކޮށްފައެވެ. 

މި ހާދިސާއާ ގުޅިގެން އާއްމުކުރަންޖެހޭ މައުލޫމާތު އާއްމުކުރަމުން ގެންދާނެކަމަށް ވެސް އެފްޑީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު