ENGLISH
22 ޖެނުއަރީ 2026
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
22 ޖެނުއަރީ 2026
|
ސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސުން ކުރިއަށް ގެންދާ ރޯދަ ސޭލް ފެށުން. ފޮޓޯ؛އެސްޓީއޯ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސުން މިއަހަރުގެ ރޯދަ މަހަށް ހާއްސަ ކޮށްގެން ބާއްވާ ރޯދަ ސޭލް ފަށައިފި އެވެ.
ކޮންމެ އަހަރަކުވެސް ރޯދަ މަހާއި ދިމާކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ މަގުސަދަކީ ރޯދަ މަހަށް ގޭތެރޭގައި ކުލަލުމާއި ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދު އަދި މި ނޫނަސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށްދިނުމެވެ.
މި އަހަރުގެ ރޯދަ ސޭލް އެސްޓީއޯއިން ކުރިއަށް ގެންދަނީ ވެލިގާ ހާޑްވެއަރއާ ގުޅިގެންނެވެ. މި ޕްރޮމޯޝަން ރަސްމީކޮށް ފެށީ ރޭ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރ ޒައިދު މުހައްމަދެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރ މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުން ވެސް ހަފްލާގައި ބައިވެރިވެ ވަޑައިގަގެންނެވިއެެވެ.
މި އަހަރުގެ ރޯދަ ސޭލްގައި ޑިސްކައުންޓް އެޅުވިފައި ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކެގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުގައިކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓް ތަކަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި މަކިޓާގެ ބައެއް ޓޫލްސް ތަކަކުން 70 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހާޑްވެއަރ އާއި ވެސް ގުޅިގެންކަމުން، ވެލިގާ ހަރޑްވެއަރ އިން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްކަތުންވެސް ޑިސްކައުންޓް ލިބިގެންދާނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
މި ޕްރޮޑަކްޓްތަކުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. ކޫޕަން ތަކުން ނެގޭ ލަކީ ޑްރޯ އަކުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން، 1 ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ވައުޗަރެއް، 2 ވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ވައުޗަރެއް އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް، ސްޓޯން ހޮޓެލްގައި 2 ބޭފުޅަކަށް 2 ދުވަހުގެ ހުރުން ހަމަޖެހިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެެ.
މި ޕްރޮމޯޝަން ކުރިއަށްދާނެ އައުޓްލެޓްތައް:
އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީ މަގު ފިހާރަ
މާލެ މަކިޓާ ޝޯރޫމް
ހުޅުމާޅެ ކޮންސަޓްރަކްޝަންސް ޝޯރޫމް
މާލެ އަދި ހުޅުމާލޭގެ ވެލިގާ ހާޑްވެއަރ އައުޓްލެޓްތައް
މީގެ އިތުރުން އެސްޓީއޯގެ ރީޖަނަލްސް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުންވެސް މި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ. އަދި މި ރީޖަނަލް އައުޓްލެޓްތަކުން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓްތައް ގަނެގެންވެސް ލަކީ ޑްރޯގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 26 މާރިޗު 2026 ވަނަ ދުވަހުގެ ނިޔަލަށެވެ.