ENGLISH

16 ޖެނުއަރީ 2026

Advertisement

އިދިކޮޅު ޕާޓީތައް އޮތީ "ވާނުވާ"ގައި، ވިއްކާނެ ސިޔާސަތެއް ވެސް ނެތް: ނިހާދު

16 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ނިހާދު ބައިވެެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އެމްއެމްޓީވީ

މި ވަގުތު ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމަށާއި، ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ނަމުގައި ވަކާލާތުކުރާ ޕާޓީތަކަށް މި ސަރުކާރާ ދެކޮޅަށް ވިއްކާނެ ސިޔާސަތެއް ވެސް ނެތް ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ނިހާދު ފާޑުވިދާޅުވެއްޖެއެވެ. 

"އެމްއެމްޓީވީ"ގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އިދިކޮޅު ޕާޓީތައް އޮތީ "ވާނުވާ"ގައި ކަމަށެވެ. 

""ހަގީގަތަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން މިއަދު އޮޕޮޒިޝަންއެއް ނެތް. އޮޕޮޒިޝަން ހަރަކާތްތރިވާ ތަނެއް ނުފެނޭ. ހަރަކާތްތެރިވާން ނުވެސް އެނގިގެން އެ އުޅެނީ. އަޅުގަނޑު ގަބޫލުކުރަނީ އިދިކޮޅު ފަރާތްތަކަށް ކިޔާނެ އެއްޗެއް ނޭނގިގެން އެ އުޅެނީ ފުރިހަމަ ރަނގަޅު ސިޔާސަތުތަކެއް ރައީސް މުޢިއްޒު ތަންފީޒުކުރައްވާތީއޭ. ދައްކާނެ ވާހަކައެއް ނެތީމަ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް ވިއްކާނެ ސިޔާސަތެއްވެސް ނެތް. އަސްލަކީ ރައީސް މުއިއްޒު ސަރުކާރު ހިންގަވާ ގޮތް ރަނގަޅީއޭ."" - ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ނިހާދު

އެކަށީގެންވާ ގޮތެއްގެ މަތިން މަސައްކަތްކުރާ އިދިކޮޅު ޕާޓީއެއް ނެތުމަކީ ވަރަށް ދެރަ ކަމެއްކަމަށާއި އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށް ވަކާލާތުކުރާ އެމްޑީޕީން އެފަދަ ރޯލެއް އަދާކުރަމުންދާ މަންޒަރު ފެނިގެން ނުދާކަމަށް ނިހާދު ވިދާޅުވިއެވެ.

ގައުމު އިސްލާހުކުރުމުގައި ސަރުކާރަށް ފާރަވެރިވެ ކުރާ މަސައްކަތްތަކުގައި ރަނގަޅުގޮތް ބުނެދިނުމުގެ ރޫޙް އެޕާޓީގެ ފަރާތުން ފެނިގެން ނުދާކަމަށާއި އެހެންކަމުން ސަރުކާރާއި އިދިކޮޅު ޕާޓީއެއް މި ވަގުތު އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނިހާދު ތަކުރާރުކޮށް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު