ENGLISH

16 ޖެނުއަރީ 2026

Advertisement

ފަރަށް އެރި އިންޑިއާގެ އަސްކަރީ މަނަވަރު ފުންކޮށްފި

16 ޖެނުއަރީ 2026

|

ފާތުމަތު އަދާ

ރާއްޖެ އައި އިންޑިއާ މަނަވަރު ފަރަށް އަރައިފި - ފޮޓޯ؛ސަން

އެކްސަސައިޒް ދޯސްތީ އަސްކަރީ ތަމްރީނުގައި ބައިވެރިވާން މިއަދު ރާއްޖެ އައި އިންޑިއާގެ މަނަވަރު ފަރަށް އެރުމުން ފުންކޮއްފިެވެ

އިންޑިއާގެ އަސްކަރީ މަނަވަރު އައިސީޖީއެސް ވަޖްރާ ފުންކޮށްފައި ވަނީ މިއަދު  ކ. ހިންމަފުށި ކާރީގައި ވިލާ ނޯޓިކާ އާއި ގިލި ލަންކަންފުށި ރިސޯޓު އޮންނަ ސަރަހައްދުގެ ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފްއިންނެވެ.

 މި ހާދިސާގައި ފަރަށް ލިބުނު ގެއްލުމގެ އެއްވެސް ތަފްސީލެއް އެމްެއެންޑީއެފްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ދުވަސްވަރު އިންޑިއާ އާއި ރާއްޖެ ގުޅިގެން ކުރިއަށްދާ އަސްކަރީ ތަމްރީނުތަކުގައި އިންޑިއާގެ ދެ މަނަވަރުގެ އިތުރުން ދިވެހި ކޯސްޓުގާޑާއި ސްރީލަންކާގެ އުޅަނދެއްވެ ސް ބައިވެރިވެއެވެ.

އިންޑިއާގެ މަނަވަރު ފަރަށް އެރުމާ ގުޅޭގޮތުން ތިމާވެށި ރައްކާތެރިކުރުމާ ބެހޭ އެއްވެސް އިދާރާއަކުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު