ENGLISH

19 ޖެނުއަރީ 2026

Advertisement

ގަސްގަހާގެހި އާލާކޮށް ދިރުވުމަށްޓަކައި ސިޔާސަތެއް ކަނޑައަޅައިފި

16 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ގަސްގަހާގެހި އާލާކޮށް ދިރިވުމުގެ ސިޔާސަތު ހަވާލުކުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ދަނޑުވެރިކަމާބެހޭ ވުޒާރާ

ދިވެހިރާއްޖޭ ދަނޑު ބިންތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ގަސްގަހާގެހި އާލާކޮށް، އިގްތިޞާދީ އަދި އިޖުތިމާއީ ގޮތުން ފައިދާހުރި ނިޒާމެއް ގާއިމް ކުރުމަށްޓަކައި ސިޔާސަތެއް އެކުލަވާލައިފި އެވެ.

"ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026" މި ސިޔާސަތަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާރޗު (ސީއައިއެފްއޯއާރު - އައިސީއާރުއޭއެފް) އާއި ގުޅިގެން އެކުލަވާލި ސިޔާސަތެކެވެ.  

މި ޕޮލިސީ ހަވާލުކޮށް ދެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ވޯލްޑް އެގްރޯފޮރެސްޓްރީ، ޑރ. އެލިއަން އުބަލިޖުރޯ އެވެ. އަދި މި ވުޒާރާގެ ފަރާތުން ޕޮލިސީއާއި ހަވާލުވެ ވަޑައިގެންނެވީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ އެެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ، މި ސިޔާސަތުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތިމާވެށީގެ ހާލަތާއި، ފަސްގަނޑުގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދަނޑުވެރިކަމާއި ގަސްގަހާގެހި އާލާކުރުމުގެ މުހިންމުކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ކަނޑޫފާތަކާއި، އަތިރިމަތީގެ ގަސްގަހާގެހި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައިވެ އެވެ. މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެގްރޯފޮރެސްޓްރީގެ ދައުރު ބަޔާންކުރުމަކީ ވެސް ސިޔާސަތުގެ ބޭނުމެއް ކަމެއް ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެެވެ.

މި ސިޔާސަތުގެ ތަޞައްވުރަކީ ދަނޑުވެރިކަމަކީ މޫސުމަށް ހޭނިފައިވާ، ދެމެހެއްޓެނިވި މަސައްކަތަކަށް ހެދުމެވެ. އެގޮތުން މި ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކުރާ ޖަމިއްޔާތައް ބާރުވެރިކުރުވުމާއި، ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ތަޢާރަފްކުރުން ހިމެނެ އެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އޭގެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރެވޭނެކަމަށް ވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، މި ސިޔާސަތު ތަންފީޒުވުމުން، ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރެވި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން، ރާއްޖޭގެ އިގްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެގްރޯފޮރެސްޓްރީއަކީ ރަށްރަށުގެ ގަސްފީނިތަކުގައި ދިގަށް ހެދޭ ބޮޑެތި ގަސްތައް ކަނޑާނުލާ، އެފަދަ ސަރަޙައްދުތަކުގައި ކުރާ ދަނޑުވެރިކަމެކެވެ. މި ބާވަތުގެ ދަނޑުވެރިކަމަކީ ރާއްޖޭގައި އަލަށް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިކަމުގެ ބާވަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު