ENGLISH
16 ޖެނުއަރީ 2026
ރަޝިޔާގެ ރައީސަށް ދިވެހި އައު ސަފީރު ފަތްކޮޅު އަރުވައިފި
16 ޖެނުއަރީ 2026
|
ސަފީރު އަބްދުއްރަހީމް ރަޝިޔާގެ ރައީސްއަށް ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ޚާރިޖީ ވުޒާރާ
ދިވެހިރާއްޖެއިން ރަޝިއާ އަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއަން ފެޑެރޭޝަންގެ ރައީސް، ވްލަޑިމިއަރ ޕުޓިން އަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ރަޝިއާގެ ރައީސްއަށް އަރިސްކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަޝިއާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ޢައްޔަން ކުރެއްވީ 11 މާރޗް 2025 ގައެވެ. ސަފީރު ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް މިހާރު ހުންނެވީ ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގަ އެވެ.