ENGLISH
13 ޖެނުއަރީ 2026
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ. އަތޮޅު ތައުލީމީ މަރުކަޒަށް!
13 ޖެނުއަރީ 2026
|
ފ.އަތޮޅު ތަޢުލީމީ މަރުކަޒުންވަނީ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހާސިލްކޮށްފައި//
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ފ. އަތޮޅު ތަޢުލީމީ މަރުކަޒުން މިއަދު ހާސިލުކޮށްފިއެވެ.
މި އެވޯދަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބާނީ ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ހަނދާނުގައި ދެމުން އަންނަ އެވޯޑެކެވެ.
ފ. އަތޮޅު ތަޢުލީމީ މަރުކަޒުން މި އެވޯޑް ހާސިލްކޮށްފައިވަނީ ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ގްލޯބަލް ހައި ސްކޫލްސް، ސައުތު އޭޝިއާ ކެޓަގަރީން، ދެކުނު އޭޝިއާ ސަރަހައްދުގެ 18 ސުކޫލަކާ ވާދަކޮށެވެ.
އަބޫދާބީގައި ކުރިއަށްގެންދާ އަބޫދާބީ ސަސްޓެއިނަބަލް ވީކް ހުޅުވުމަށް މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މި އެވޯޑާއި ސްކޫލްގެ ފަރާތުން ހަވާލުވެލެއްވީ ޕްރިންސިޕަލް އަބްދުﷲ އަހްމަދެވެ.
މި އެވޯޑަށް ފ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުށަހެޅީ އިއާދަކުރަނިވި ހަކަތައާއި، ފެން ރައްކާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ މޮޑެލްއެކެވެ. މި މޮޑެލްގެ ދަށުން އަވިންނާއި ވައިން ހަކަތަ އުފެއްދުމާއި، ވާރޭފެން ނަގައި ރައްކާކުރުމުގެ އިތުރުން، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.
މިއީ އެ ސުކޫލުން މި އެވޯޑަށް އެދި ހުށަހެޅި ދެ ވަނަ ފަހަރެވެ.
މީގެ ކުރިން 2015 ވަނަ އަހަރު އައްޑޫ އިންޓަނޭޝަނަލް ހައި ސުކޫލަށް ވަނީ މި އެވޯޑު ލިބިފައެވެ.