ENGLISH

13 ޖެނުއަރީ 2026

Advertisement

"އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި

13 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ "އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ރަސްމިއްޔާތުގައި، ދެމެހެއްޓެނިވި ތަރައްޤީއަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޝަރަފުވެރި "ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް" އެވޯޑު ދިނުން އޮތެވެ.

އެގޮތުން، މި ފަހަރުގެ "ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް" ގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީގެ ސައުތު އޭޝިއާ ސަރަހައްދުން މި އެވޯޑް ކާމިޔާބުކުރީ ފ. އަތޮޅު ތައުލީމީ މަރުކަޒެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ، ދެމެހެއްޓެނިވި ތަރައްޤީއާއި އީޖާދީ މަސައްކަތްތަކުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިންގެ އަގުވަޒަންކުރުމަށް ބާއްވާ "ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް" ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ.

ޚާއްޞަކޮށް، ދުނިޔޭގެ ހައިސްކޫލްތަކުގެ ގިންތިން ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް މި ޝަރަފުވެރި އެވޯޑު ލިބިގެންދިޔަ މަންޒަރު ފެނިގެންދިއުމަކީ މުޅި ދިވެހިރާއްޖެއަށްޓަކައި ލިބުނު ނުހަނު ފަޚުރުވެރި ވަގުތެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"މި ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. އަދި ތިމާވެއްޓާ ރައްޓެހި، ހަރުދަނާ މުސްތަޤުބަލެއް ބިނާކުރުމުގައި ޒުވާނުންގެ އީޖާދީ ވިސްނުމާއި ހަކަތައިގެ މުހިންމު ދައުރު މި ކާމިޔާބީން ވަރަށް ސާފުކޮށް ރަމްޒުކޮށްދެއެވެ." ވަޒީރުގެ ޕޯސްޓުގައިވެއެވެ.

"އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ގައި ރާއްޖެއިން ބައިވެރިވުމަކީ، ދެމެހެއްޓެނިވި ތަރައްޤީއަށާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަޢުލީމީ ދާއިރާގެ އީޖާދުތަކަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ މި ދަތުރުފުޅުގައި، ޔޫ.އޭ.އީ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު ރީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު