ENGLISH
14 ޖެނުއަރީ 2026
އެލަވަންސްއަށް އެދި ހުށަހަޅައި ފަރާތްތަކަށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕް ޑެސްކެއް ޤާއިމުކޮށްފި
13 ޖެނުއަރީ 2026
|
އެންސްޕާ އިމާރާތް-- ފޮޓޯ: މެންދުރު ޓީވީ
އިޖުތިމާޢީ އާއްމު އެހީތަކަށް އެދުމުގެ ކަންކަމުގައި، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ "ހެލްޕު ޑެސްކެއް" ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ޤާއިމުކޮށްފި އެވެ.
ޑިޖިޓަލް ނިޒާމުގެ ތެރެއިން "ވަންގަވް" މެދުވެރިކޮށް ޚިދުމަތަށް އެދި ހުށަހެޅުމަށް ބައެއް ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެ، އެކަމުގެ ޝަކުވާ އެންސްޕާއަށް ވަނީ ލިބިފަ އެވެ. އެހެންކަމުން މިކަމަށް ޙައްލެއް ގެނެސް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންސްޕާއިން ވަނީ ޚާއްސަ ޑެސްޓެއް ޤާއިމުކޮށްފަ އެވެ.
އެންސްޕާ އިން ބުނީ މި ޑެސްކުގެ ހިދުމަތް މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. މި "ހެލްޕް ޑެސްކު" ގާއިމުކޮށްފައިވަނީ ހެންވޭރު ފެރީ ޓާމިނަލްގެ ތިރީ ފަންގިފިލާގަ އެވެ. މި ޑެސްކުގެ ހިދުމަތް ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 4:00 އަށް ލިބެން ހުންނާނެ ކަމަށް އެ އެޖެންސީ އިން ވަނީ ބުނެފަ އެވެ.
"ހެލްޕް ޑެސްކް" އިން ފޯރުކޮށްދޭ ބައެއް އެލަވަންސްތަކުގެ ތެރޭގައި؛
މީގެ އިތުރުން އައިވީއެފް ފަރުވާއާ ގުޅުން ހުރި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ވަނީ ބުނެފަ އެވެ.
އާސަންދައިގެ ދަށުން ތެރަޕީގެ ހިދުމަތްތަކަށާއި، ތެލަސީމީއާ ކުދިންނަށް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެންސްޕާއިން ބުނީ، އެ ޑެސްކް މެދުވެރިކޮށް އެޕްލިކޭޝަން ފުރުމާއި ހުށަހެޅުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ހުށަހަޅާފައިވާ އެޕްލިކޭޝަންގެ އެންމެ ފަހުގެ މައުލުމާތު ބަލައިލުމާއި، އެންސްޕާގެ އެހެން ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތުތައް ވެސް ހޯދޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. މީގެއިތުރުން ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ "އީ-ފާސް" ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ވެސް އެހީތެރިކަން ލިބިގެންދާނެކަމަށް އެންސްޕާއިން ވަނީ ބުނެފަ އެވެ.