ENGLISH

13 ޖެނުއަރީ 2026

Advertisement

މަޖިލީހުގެ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންފި

13 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ރަސްމި ދަތުރުފުޅެއްގައި މިއަދު އިންޑިއާގެ ނިއު ދިއްލީއަށް ފުރާވަޑައިގެންފިއެވެ. 

މަޖިލީހުގެ ރައީސްގެ ދަތުރުފުޅަކީ، ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

މިއަދު ފެއްޓެވި ދަތުރުފުޅު މަޖިލީހުގެ ރައީސް ނިންމަވާލައްވާނީ ޖަނަވަރީ 18 ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އާއި މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް ފުރާވަޑައިގެންނެވިިއިރު، މިއީ މަޖިލީހުގެ ޗުއްޓީ ދުވަސްވަރެވެ. މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ އަންނަ ފެބްރުވަރީ މަހުގެ 5 ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު