ENGLISH

17 ޖެނުއަރީ 2026

Advertisement

ގަވާއިދާ ހިލާފަށް ވިޔަފާރިކުރި ތިން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

13 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން.-- ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ޤަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނުގައި އިތުރު ތިން ބިދޭސީއަަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގާ އޮޕަރޭޝަނުގައި، މާލޭ ގުލާބީ މަގުގައި ހުންނަ އެކަމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، ތިން ބިދޭސީއަކު  އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން.-- ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެތައް ހާސް ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލައިފަ އެވެ.

ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން "އަނދިރި" ފަރާތުގައި ހިންގަމުންދިޔަ ބިދޭސީ ނެޓްވޯކްތަކާއި ޤަވާއިދާ ޚިލާފު އެތައް ވިޔަފާރިތަކެއް ބަނީ ހުއްޓުވައިފަ އެވެ. 

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން.-- ފޮޓޯ: އިމިގްރޭޝަން

މީގެ އިތުރުން ރާއްޖޭގައި މޫލާފައިވާ ބޮޑު ތިން މައްސަލައެއް ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ޓާސްކްފޯސް އިން ކުރިއަށްގެންދާ މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު