ENGLISH
12 ޖެނުއަރީ 2026
ތޭވީސް ފުޅި ބަނގުރަލާއެކު ދިވެހިންތަކެއް ހައްޔަރުކޮށްފި
12 ޖެނުއަރީ 2026
|
މައްސަލާގައި ހައްޔަރު ކުރި މީހުން-- ފޮޓޯ:ޕޮލިސް
ތޭވީސް ފުޅި ބަނގުރަލާ އެކު ހަތަރު ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މަސްވެރިންގެ ޕާކު ކައިރިން ކަމަށެވެ. އެގޮތުން، އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ އެމީހުންގެ އަތުން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް (43އ) އާއި ޅ. ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަނެއް ދެމީހުން، ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.