ENGLISH

12 ޖެނުއަރީ 2026

Advertisement

ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރު ކޮށްފި

12 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން. ފޮޓޯ: ޕޮލިސް

ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ، އެރަށަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލާމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއެއްގައި، ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު އެވެ. މި މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް އެ މީހުން އަތުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު / ދޫރެސްގެ، އިސްމާޢީލް މަޙުމަދޫ (53އ) އާއި ރ. ދުވާފަރު / ޕެލެސް، އީސާ އަޙްމަދު (40އ) އެވެ. 

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާޢީލް މަޙުމޫދު ފަސް ދުވަހަށް އަދި އީސާ އަޙްމަދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް  ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވެސް، އެ ހިދުމަތުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު