ENGLISH
15 ޖެނުއަރީ 2026
ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވޯކް-އިން އިންޓަވިއުތަކެއް ބާއްވަނީ
12 ޖެނުއަރީ 2026
|
މާފަންނު ބަސް ޓާމިނަލް. ޓެކްސީ ލައިންގެ ވޯކް އިން އިންޓަވިއުތައް ބާއްވާނީ އެތަނުގައި
ޓެކްސީ ލައިންގެ ޚިދުމަތަށް ޑްރައިވަރުން ހޯދުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ވޯކް-އިންޓަތަކެއް ބާއްވާނޭކަމަށް އެމްޓީސީސީން އިން ބުނެފިއެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތް ދޭނީ އެމްޓީސީސީ އިންނެވެ. އެ ކުންފުނިން ރާވާފައިވަނީ ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށް މަސައްކަތް ކުރާނޭ ޖުމްލަ 407 ޑްރައިވަރުން ހޯދުމަށެވެ. މީގެ ތެރޭގައި ހިމެނެނީ 122 ޕާޓް ޓައިމް ވަޒީފާއާއި 285 ފުލް ޓައިމް ވަޒިފާއެވެ.
ޑްރައިވަރުކަމުގެ ވަޒީފާއަށް އެދި ހުށަޅުމުގެ ފުރުސަތު 17 ޖަނަވަރީ 2026 އާ ހަމައަށް އޮންނާނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ވޯކް-އިން އިންޓަވިއުތައް ކުރިއަށްދާނީ ޖަނަވަރީ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 ހަމައަށް މާފަންނު ބަސް ޓާމިނަލްގައެވެ. އިންޓަވިއުއަށް ދާއިރު، މުއްދަތު ހަމަނުވާ އައިޑީ ކާޑާއި ޑްރައިވިން ލައިސަންސް ގެންދަންޖެހެއެވެ. މި ވަޒިފާތަކަށް މީހުން ހޮވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ރަޖިސްޓްރިގައި ކުރިންވެސް ހިމެނިފައިވާ ފަރާތްތަކަށް އިސްކަންދޭނޭކަމަށް އެމްއެމްޓީސީއިން ބުނެފައިވެއެވެ.
ސަރުކާރުން މި ޚިދުމަތް ތަޢާރަފްކުރަނީ އާންމުންނަށް ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އިތުބާރު ހުރި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށެވެ.
ސަރުކާރުން ހިންގާ މި ޓެކްސީ ޚިދުމަތުގައި ބޭނުންކުރާނީ 100 އިންސައްތަ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކެވެ. މި ޚިދުމަތުގައި ތިން ސައިޒެއްގެ އުޅަނދުތައް ހިމެނޭއިރު، 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ "އޫބަރ" ނުވަތަ "ގްރެބް" ފަދަ ޚިދުމަތްތަކާ އެއްގޮތަށް، މި ޚިދުމަތަށް ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއްވެސް ބޭނުންކުރާނެއެވެ.