ENGLISH

12 ޖެނުއަރީ 2026

Advertisement

ހިލޭ ޑިގްރީ ސްކީމަށް މިހާތަނަށް 300 މިލިއަން ރުފިޔާ ދޫކޮށްފި

12 ޖެނުއަރީ 2026

|

ސުވެއިދާ ހުސެއިން

ފުރަތަމަ ޑިގްރީ ސްކީމަށް މިހާތަނަށް 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ، ދޫކޮށްފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދެހާސް ސައްވީސް ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ފުރަތަމަ ޑިގްރީ ޕްރޮގްރާމުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން 301،667،125.73ރ. މިހާތަނަށް ވަނީ ދޫކޮށްފައެވެ. އޭގެތެރެއިން މިދިޔަ އަހަރު އެކަނިވެސް 151،302،259ރ. ވަނީ ދޫކޮށްފައެވެ.

މި ދިޔަ ދެ އަހަރަށް ބަލާލާއިރު، 5،863 ދަރިވަރުން، ފުރަތަމަ ޑިގްރީގައި ވަނީ ރަޖިސްޓްރީވެފައެވެ. އޭގެތެރޭން 2،897 ދަރިވަރުންނަކީ މިދިޔަ އަހަރު ރަޖިސްޓްރީވި ދަރިވަރުންނެވެ. ދެއަހަރު ތެރޭގައި ރަޖިސްޓްރީވެފައި ވަނީ 3،765 އަންހެން އަދި 2089 ފިރިހެން ދަރިވަރުންނެވެ.

ދެ އަހަރު ތެރޭގައި 6،640 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އެއީ 4،370 އަންހެން ދަރިވަރުންނާއި 2،270 ފިރިހެން ދަރިވަރުންނެވެ.

މަތީތައުލީމާއި ބެހޭ ވުޒާރާއިން އިން ބުނެފައިވަނީ މި ވަގުތު 8680 ދަރިވަރަކު، މަތީތައުލީމު ހާސިލް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ވެސް ނިސްބަތުން ގިނައީ އަންހެން ކުދިންކަން އެ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކައެވެ. އެގޮތުން މިހާރު މަތީތައުލީމު ހާސިލް ކުރަމުންދާ އަންހެން ކުދިންގެ އަދަދަކީ 5،486 އެވެ. އަދި ފިރިހެން ދަރިވަރުންގެ އަދަދަކީ 3،194 އެކެވެ.

ކިޔުންތެރިންގެ ހިޔާލު