ENGLISH

11 ޖެނުއަރީ 2026

Advertisement

ސްޓެލްކޯގެ އެމްޑީގެ މަޤާމުން ސަމާހު ވަކިކުރައްވައިފި

11 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ސަމާހް ރަޝީދު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް – ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން މ. ސިސްކަން، އަޙްމަދު ޝަމާޙް ރަޝީދު ވަކިކުރައްވައިފި އެވެ.

އެކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ އިއުލާނު ކުރައްވާފަ އެވެ. ޕީސީބީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން މ. ސިސްކަން، އަޙްމަދު ޝަމާޙް ރަޝީދު، މިއަދުން ފެށިގެން ވަކިކުރައްވާފައިވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކުރައްވާ، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދު އައްޔަނު ކުރެއްވީ ސެޕްޓެންބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

އޭރު އެ ބަދަލު ގެންނެވީ ގްރޭޓާ މާލެ ސަރަޙައްދުން ކަރަންޓް ކެނޑުން އިތުރުވެފައި ވަނިކޮށެވެ. ވަކީން ޚާއްސަކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު މާލެއާ ހުޅުމާލެއިން އެތައް ވަގުތަކަށް ކަަރަންޓް ކެނޑިފައި ވަނިކޮށެވެ.

ރައީސް ވަނީ އެކަން ބަލާ ތަހުޤީޤު ކުރުމަށް ވެސް އަންގާފަ އެވެ. އެކަމާއި ގުޅިގެން ފުލުހުން ވަނީ ތަހުޤީޤެއް ވެސް ފަށާފަ އެވެ.

ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށާއި ސްޓެލްކޯގެ ހިންގުން ރަނގަޅު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު