ENGLISH
13 މާރިޗު 2026
ޕޮލިސް އޮޕަރޭޝަން: 10 ތަނެއް ބަލައިފާސްކޮށް 4 މީހަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2026
|
ފުލުހުން ހިންގަމުންދާ އޮޕަރޭޝަން
އެންމެ މަޤްބޫލު
"އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯކްތައް ހުއްޓުވައި ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގއ އަތޮޅާއި މާލެ ސަރަޙައްދުގައި ހިންގަމުންދާ ކަމަށް ފުލުހުން ބުނީ މިއަދު ހެނދުނު އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ގއ އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ މަނީ ލޯންޑަރީންގެ އަމަލުރައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރާނެ އެވެ. އަދި ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޮޕަރޭޝަންގެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.