ENGLISH
11 ޖެނުއަރީ 2026
ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ތ. އަތޮޅު މިހާރު އޮތީ ތަރައްޤީގެ ރާޑަރުގައި: މެމްބަރު ހަސަން ވަހީދު
11 ޖެނުއަރީ 2026
|
ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަހީދު: ފޮޓޯ: އެމްއެމްޓީވީ
ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ތ. އަތޮޅު މިހާރު އޮތީ ތަރައްޤީގެ ރާޑަރުގައި ކަމަށް ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވަހީދު ވިދާޅުވީ، ތ. އަތޮޅަކީ ކުރީގެ ވެރިކަންތަކުގައި ތަރައްޤީގެ މަޝްރޫއުތަކުން އެކަހެރި ކޮށްލާފައި އޮތް އަތޮޅެއް ކަަމަށެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް މިހާރު އެ އަތޮޅުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
ވިލުފުށީ ދާއިރާގެ ރައްޔިތުން ބޭނުންވަނީ އެ ދާއިރާގެ ރަށްތަކަށް ތަރައްޤީކަމަށް މެމްބަރު ވިދާޅުވި އެވެ. މީގެ ކުރިގައި ވިލުފުށީގައި އެއާޕޯޓްއެއް ތަރައްޤީވެގެން ދިއުމަކީ، އެރަށު ރައްޔިތުން ހަމައެކަނި ހުވަފެނުގައި ދުށް ކަމެއް ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގެ ރަށްތަށް ތަރައްޤީކުރުމަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމާއެކު، މިހާރު ވިލުފުށީ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު 24 ގަޑިއިރު ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަކަން މެމްބަރު ފާހަގަކުރެއްވި އެވެ.
"ތަރައްޤީގެ މަޝްރޫއުތައް އިސްކަމެއް ދެއްވައިގެން، ދަނީ ބާރު ސްޕީޑްގަ ކުރިއަށް. ތިން ރަށުގެ ވަރަށް ގިނަ މަޝްރޫއުތައް ދޭ ކުރިއަށް. ވިލުފުށީގައި މިހާރު ހިނގަމުންދާ އެއާރޕޯޓް މަސައްކަތަކީ ވިލުފުށީގެ ރައްޔިތުން ހުވަފެނުން ދުށް ކަމެއް. އެހެންނަމަވެސް މިހާރު މިވަގުތު އެ ކަނތައްތައް ދަނީ ހަގީގަތަކަށްވެ 24 ގަޑިއިރު ބާރު ސްޕީޑްގައި ކުރިއަށް،" މެމްބަރު ޙަސަން ވަހީދު ވިދާޅުވި އެވެ.
މެމްބަރު އިތުރަށް ވިދާޅުވީ މިސަރުކާރަކީ ވައުދުވެ، ވައުދު ފުއްދާ ސަރުކާރެއް ކަމަށެވެ. ތަރައްޤީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްދާ މަންޒަރު އެދާއިރާގެ ރައްޔިތުންނަށް ފެންނަ ކަމަށެވެ. ރައީސް މުޢިއްޒު ގެނެސްދެއްވާ ތަރައްޤީ ރައްޔިތުން ބަލައިގަންނަ ކަމަށާއި، އަދި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ހިތުން ރުހުމުން ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމާމެދު މެމްބަރު ޝައްކު ނުކުރާކަމަށް ވިދާޅުވި އެވެ. އަދި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެދާއިރާއިން، ޕީއެންސީގެ ކެންޑިޑޭޓުން ފުރިހަމަ މެޖޯރިޓީއާއެކު ކާމިޔާބު ކުރާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.